ޓައިވާނުން މަސައްކަތް ކުރަން ޖެހޭނީ ޗައިނާއާއެކު ހަނގުރާމައަށް ނުގޮސްވޭތޯ ކަމަށް ދިރާސާ ކުރާ ޓައިވާންގެ އިދާރާއަކުން ސަރުކާރަށް ލަފާދީފިއެވެ. އަދި މިއިދާރާއިން ބުނެފައި ވަނީ ޓައިވާނުން މަސައްކަތް ކުރަން ޖެހޭނީ ޚިޔާލު އެއްގޮތް ގައުމުތަކުގެ ތާއީދު ހޯދައި އެގައުމުތަކާއެކު ގައެވެ.

ޓައިވާން ނެކްސްޓް ޖެން ފައުނޑޭޝަން އިން ސަރުކާރަށް މި ގޮތަށް ލަފާދީފައިވާއިރު ޗައިނާއިން ގެންދަނީ ޓައިވާނާ ދެކޮޅަށް ކުރާ ނަފްސާނީ ހަނގުރާމައާއި ބިރު ދެއްކުމުގެ އަމަލުތައް ވަރުގަދަ ކުރަމުންނެވެ.

ތައިވާނުން ގެންގުޅޭ ސިކޔާސަތު ވާން ޖެހޭނީ، ޗައިނާއާ ދެކޮޅުވެރި ޝިއާރުތައް ނަގަހައްޓައި ޗައިނާއާ ދެކޮޅުވެރި ގައުމުތަކާއެކު ގުޅުން ބަދަހިކުރާ ގޮތަކަށް ނޫންކަމަށްވެސް މި އިދާރާއިން ބުނެއެވެ. ޓައިވާން ނެކްސްޓް ޖެން އިން ބުނާ ގޮތުން މިހާރު ޗައިނާއާ ދެކޮޅުވެރި ގައުމުތަކާއެކު ގާތްކަމެއް ބާއްވައިގެން އުޅުމަށް ފަހު އެގައުމުތަކުގެ ޗައިނާ ސިޔާސަތު ބަދަލުވުމުން ޓައިވާނަށް ފަހުން ކެހި ލިބޭނެކަމަށްވެސް ބުނެފައި ވެއެވެ.

ޖޫން 1 ގައި ޗައިނާ ރައީސް ދެއްވި ތަގްރީރުގައި ވިދާޅުވެފައި ވަނީ، ޓައިވާނުން މިނިވަންކަން އިއުލާން ކުރަނީ ނަމަ އެއީ ހަނގުރާމަ އިއުލާން ކުރުމެކެވެ. އަދި ޓައިވާނުން މިނިވަންވާން ކުރާ ކޮންމެ މަސައްކަތަކާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް ޗައިނާއިން ބުނެއެވެ.