އޮޅުވެލި ފުށީ ކައިރިން ދިޔަވެ އަޑިއަށް ދިޔަ ލޯންޗުން ކަނޑުވި އެކަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ އަންހެނެއް ކަމަށާއި، އަންހެން މީހާ ގުރައިދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މަރުވެފައިވަނީ އަންހެނެއް. އަންހެން މީހާ ގުރައިދޫ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނިޔާވެފައިވަނީ އެ ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ ކުޑަ ކުއްޖާގެ މަންމަ އެވެ. އެ ކުއްޖާ އަދިވެސް ފެނިފައެއް ނުވެއެވެ. ކަނޑަށް ވެއްޓުނު ތިން ވަނަ މީހާ ވަނީ ސަލާމަތްކޮށްފަ އެވެ.

ފުލުހުން ބުނީ އެ ކުއްޖާގެ އިތުރުން އިތުރު ދެ މީހަކު ކަނޑަށް ވެއްޓުނީ އޮޅުވެލި ރިސޯޓް ކައިރިން ނެގި ރާޅެއްގައި ޖެހިގެން ކަމަށެވެ. އެ ލޯންޗު މިހާރު ވަނީ ގުރައިދޫ ފަޅަށް ވައްދާފައެވެ.