ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫ ސިޓީން އިތުރުން 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭގެތެރެއިން 16 މީހަކު ޕޮޒިޓިވް ވެފައިވަނީ ހިތަދޫއިންނެވެ. އަނެއް މީހާ ޕޮޒިޓިވް ވެފައިވަނީ މަރަދޫއިންނެވެ.

މިއަދަދާއެކު އައްޑޫއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަވަނީ 1756 އަށް އަރައިފައެވެ. އޭގެތެރެއިން 1509 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. އައްޑޫގެ އެކްޓިވްކޭސްގެ މިހާރުގެ އަދަދަކީ 243 އެވެ. އޭގެތެރެއިން ހިތަދޫގައި ތިބީ 162 މީހެވެ. މަރަދޫގައި ތިބީ 15 މީހެކެވެ. މަރަދޫފޭދޫގައި 29ތިބީ 20 މީހެކެވެ. ފޭދޫގައި ތިބީ 45 މީހުންނެވެ. ހުޅުދޫގައ އެކެކެވެ. ބަލިފަސޭހަވެގެން އިތުރު ދެ މީހަކުވަނީ ދޫކޮށްލައިފިއެވެ.

އައްޑޫ ސިޓީ މިހާރުވެސް އޮތީ މޮނިޓަރިންގައެވެ. އެހެނަސް ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގުން ފިޔަވާ ބަންދު އެއްވެސް ކަމެއް ނެތެވެ. ސްކޫލްތަކާއި އޮފީސްތަކާއި ރެސްޓޯރެންޓްތަކާއި އެހެން ތަންތަން ވެސް ވަނީ އާންމުކޮށް ހުޅުވައިފައެވެ. އެއް އަވަށުން އަނެއް އަވަށަށް ދިއުމުގައި ވެސް އެއްވެސް ދަތިކަމެއްނެތެވެ.