ކަނޑުމަތީގައިި އިއްޔެ ހިނގި ނުރައްކާތެރި ހާދިސާގައި ލޯންޗުން ދަތުރުކުރި އެކަކުވެސް ލައިފް ޖެކެޓު ނާޅާ ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

"ހަލި ނިއުސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވިދާޅުވީ ލޯންޗަށް ރާޅެއް އަރައި ދިޔަވި ހާދިސާގައި އެއިން ދަތުރު ކުރި ފަޅުވެރީންނާއި ފަސިންޖަރުން ލައިފްޖެކެޓު ނާޅައި ތިއްބަސް އެންމެނަށް ވާވަރަށް އޭގައި ލައިފްޖެކެޓު ހުރި ކަމަށެވެ. "ހާދިސާ ހިނގިއިރު އޭގައި އެންމެނަށް ވާވަރަށް ލައިފްޖެކެޓު ހުރި، އެކަމަކު އެކަކު ވެސް ލައިފްޖެކެޓު ނާޅާ،" ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައިވަނީ އެކަކު ނިޔާވެ ކުޑަކުއްޖަކު ގެއްލިފައެވެ. މަރުވީ މިހާދިސާގައި ގެއްލިފައިވާ ތުއްތު ކުއްޖާގެ މަންމަ މަަރިޔަމް ނާހިދާއެވެ. މިހާދިސާގައި ނާހިދާގެ ދެކުދިން ވެސް ކަނޑުވިއެވެ. އެގެ ތެރެއިން އޭނާގެ ދޮށީ ދަރިފުޅު ވަނީ ސަލާމަތްކުރެވިފައެވެ.

އިއްޔެ ހަވީރު 5:30 އެހައިކަންހާއިރު އޮޅުވެލި ރިސޯޓް ކައިރީގައި މިހާދިސާ ހިނގީ ލޯންޗަށް ރާޅެއް އަރައިގެންނެވެ. އޭރު އެއިން 12 މީހަކު ދަތުރުކުރިއެވެ. ހާދިސާއަށްފަހު ނާހިދާގެ ދެމައިން ގެންދިޔައީ ކ ގުރައިދޫ ސިއްހީމަރުކަޒަށެވެ. އެހެންނަމަވެސް އެރަށަށް ގެންދިޔައިރު ނާހިދާ ވަނީ ނިޔާވެފައެވެ. ނާހިދާގެ ހަށިގަނޑު މިއަދުވަނީ މާލެ ގެނެސްފައެވެ.