އިންޑިއާއިން އަފްޣާނިސްތާނަށް އެހީވުމަށް ބާއްވާ ބައްދަލުވުމަށް ޕާކިސްތާންގެ ގައުމީ ސަލާމަތާ ބެހޭ މުޝީރަށް ދައުވަތު އަރުވައިފިއެވެ. އިންޑިއާއިން ވަނީ ގައުމީ ސަލާމަތާ ބެހޭ މުޝީރުން ބައިވެރިވެ ވަޑައިގަންނަވާ ބައްދަލުވުމެއް ނިއުދިއްލީގައި ނޮވެމްބަރު މަހު ބާއްވަން ހަމަޖައްސާފައެވެ. މި ބައްދަލުވުމަށް ރަޝިޔާއާއާއި ޗައިނާއާއި ޕާކިސްތާންގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުންނަށް ދަޢުވަތު އަރުވާފައި ވެއެވެ.

އިންޑިއާއިން ބުނާ ގޮތުން އަފްޣާނިސްތާންގެ ރައްޔިތުންނަށް އިންސާނީ އެހީދިނުމަށް އިންޑިއާ އޮތީ ތައްޔާރަށެވެ.

ތާލިބާންގެ އައު ކެބިނެޓް އެކުލަވާލިފަހުން ބާއްވާ ފުރަތަމަ ބައްދަލުވުމުގައި އިންޑިއާއި ތާލިބާންގެ މަސްއޫލުވެރިން ބައްދަލުކުރާނީ މިމަހު މޮސްކޯގައި އޮންނަ ބައްދަލުވުމުގައެވެ. އޭގެ ކުރިން ދޯހާގައި އިންޑިއާގެ އެމްބަސީގެ މަސްއޫލުވެރިން ވަނީ ތާލިބާންގެ މަސްއޫލުވެރިންނާ ބައްދަލުކުރައްވާފައެވެ.