އައްޑޫ ސިޓީ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކު މަރުވެއްޖެއެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެންނެވެ. އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މި އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ.

މި އެކްސިޑެންޓް ހިނގިއިރު އެ ސައިކަލުގައި ހުރީ އެ ޒުވާނާ އެކަނި ކަމަށްވެސް މައުލޫމާތު ލިބެއެވެ.