އިއްޒުއްދީން ފާލަމާ ދިމާލުން ވަޅޯމަސް މާރުކޭޓު ކައިރީގައި މަސް ބާނަން ހުރި މީހަކު ވަޔާއެކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ މޫދަށް ވެއްޓިފައިވަނީ ވައިދަގެވެންކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ.

މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 6 ޖަހާއިކަން ހާއިރުގައެވެ. މި ހާދިސާގެ މައުލޫމާތު އިތުރު ތަފްސީލް ފުލުހުން އަދި ހާމަ ނުކުރެވެއެވެ.