އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގައި މަރުވެފައި އޮތް ފަތުރުވެރިއަކު ފެނިއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އެ ރިސޯޓުގެ ބީޗު ސަރަހައްދުގައި ފަތުރުވެރިއަކު މަރުވެފައި އޮށްވާ ފެނިގެން އިއްޔަ މެންދުރު 01:00 ގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ފަތުރުވެރިޔާ މަރުވެފައިވަނީ ގެނބިގެންނެވެ.

މަރުވެފައިވަނީ 35 އަހަރުގެ ކޮރެއާ ފިރިހެނެއްކަމަށާއި، މިކަމާ ގުޅިގެން ބަލަންޖެހޭކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.