އައްޑޫސިޓީން ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެފައިވަނީ 10 މީހަކު ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ.

އެތަނުން ވިދާޅުވީ ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫއިން ޕޮޒިޓިވްވެފައިވަނީ 9 ދިވެހީންނާއި ބިދޭސީއެއް ކަމަށެވެ. އެއީ ހިތަދޫ އިން ޕޮޒިޓިވްވި 8 މީހަކާއި ފޭދޫއިން ޕޮޒިޓިވްވި މީހަކާއި ޝަންގްރިއްލާއިން ޕޮޒިޓިވްވި މީހެކެވެ.

މިއަދަދާއެކު ހިތަދޫގެ އެކްޓިވް ކޭސްގެ ޖުމްލަ މިހާރުވަނީ 168 އަށް އަރައިފައެވެ. މަރަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 14 އެވެ. މަރަދޫފޭދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 18 އެވެ. ފޭދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 36 އެވެ. ހުޅުދޫގެ އަދަދަކީ 2 އެވެ. ޝަންގުރިއްލާ ރިސޯޓުގައި 1 އެވެ.

މިހާތަނަށް އައްޑޫ ސިޓީން ވަނީ 1783 މީހުން މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރެއިން 1540 މީހުން ވަނީ ބަލީން ފަސޭހަވެފައެވެ. އައްޑޫގެ އެކްޓިވް ކޭސްގެ ޖުމްލަ އަދަދަކީ 239 އެވެ. މި ބަލީގައި މިހާތަނަށް އައްޑޫއިން ވަނީ 4 މީހަކު މަރުވެފައެވެ.

ބަލީން ފަސޭހަ ވެގެން މިއަދުވަނީ އިތުރު 17 މީހަކު ދޫކޮށްލައިފައެވެ.

މިމަހުގެ 17 ވަނަ ދުވަހު އައްޑޫއިން ޕޮޒިޓިވް ވެފައިވަނީ 17 މީހެކެވެ. ސޯޅަ ވަނަ ދުވަހު ޕޮޒިޓިވްފައިވަނީ 17 މީހެކެވެ. ފަނަރަ ވަނަ ދުވަހު ޕޮޒިޓިވް ވެފައިވަނީ 13 މީހެކެއެވެ. ސާދަ ވަނަ ދުވަހު ޕޮޒިޓިވް ވެފައިވަނީ 18 މީހެކެވެ. މި އަދަދަށް ބަލާއިރު އައްޑޫގެ ކޮވިޑް ހާލަތު ރަނގަޅުވާއަތަށް އަޅައިފައިވާ ކަމަށް ބެލުމުގެ ފުރުސަތު ބޮޑުކަމަށް ސިއްހީދާއިރާގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.