އައްޑޫ ސިޓީ މީދޫ ކޯގަންނު ގަބުރުސްތާނުގައި ދޮޅިދާން ގެއެއް ބިނާކޮށްފިއެވެ.

މިއީ ސ.މީދޫ، ދީނާރު، ނަސީރު އަމިއްލައަށް އިސްނަގައިގެން ބިނާ ކުރި ތަނެކެވެ. މީދޫ ކައުސިލަރ އާމިނަތު ސާލިހާ ވިދާޅުވެފައިވާ ގޮތުގައި ނަސީރު ވަނީ ދޮޅިދާންގޭގެ މަސައްކަތް ނިންމައި ތަޅުދަނޑި ހަވާލު ކޮށްފައެވެ. ތަޅުދަނޑިއާ ހަވާލުވީ ސާލިހާއެވެ.

"މިއީ މައްޔިތާ ވަޅުލުމަށް ބޭނުންވާ ހުރިހާ ސާމާނެއް ތަރުތީބުކޮށް ބެހެއްޓޭގޮތަށް ފުރިހަމަ ކުރައްވާފައިވާ ވަރަށް ބޭނުންތެރި ތަނެއް،" ކަމަށް ސާލިހާ ވިދާޅުވެފައިވެއެވެ. ނަސީރު އެ ކޮށްދިނީ އަގުހުރި މަސައްކަތެއް ކަމަށާއި އެކަން ބަލައިގަނެ ހައްގު ޝުކުރު ނަސީރަށް އަދާކުރައްވާ ކަމަށް ވެސް ސާލިހާ ވިދާޅުވިއެވެ.