ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫސިޓީން އިތުރު 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ކަމަށް އޭއީއެޗުން ވިދާޅުވެއްޖެއެވެ.

އަލަށް ޕޮޒިޓިވްވި 19 މީހުންގެ ތެރޭގައި ހިމެނެނީ މުޅީން ވެސް ދިވެހީންނެވެ. މީހުންގެ ތެރޭގައި މިފަހަރުވެސް އެންމެ ގިނަމީހުން ޕޮޒިޓިވް ވެފައިވަނީ ހިތަދޫއިންނެވެ. އެއީ 16 މީހެކެވެ. އެއީ ފުލޫކުލިނިކަށް ދެއްކި ތިން މީހަކާއި 13 ޑައިރެކްޓް ކޮންޓެކްޓުންނެވެ. މަރަދޫއިން ޕޮޒިޓިވް ވެފައިވަނީ 2 މީހެކެވެ. އެއީ ރެންޑަމް ސާމްޕަލަކާއި ޑައިރެކްޓް ކޮންޓެކްޓެކެވެ. މީގެ އިތުރުން ފޭދޫއިން ވަނީ ޑައިރެކްޓު ކޮންޓެކްޓެއް ޕޮޒިޓިވް ވެފައެވެ.

އައްޑޫ ސިޓީން އިއްޔެ ޕޮޒިޓިވް ވެފައިވަނީ 10 މީހެކެވެ. އަލަށް ޕޮޒިޓިވްވި 19 މީހުންނާއެކު އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 1802 އަށް އަރައިފައެވެ. އޭގެތެރެއިން 1564 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އައްޑޫގައި މިވަގުތު ތިބީ 322 މީހެކެވެ. އެކްޓިވް ކޭސްގެ އަދަދަކީ 233 އެވެ. ފާއިތުވި 24 ގަޑިއިރުތެރޭގައި 25 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެކްޓިވްކޭސް

ހިތަދޫ 176

މަރަދޫ 12

މަރަދޫފޭދޫ 16

ފޭދޫ 26

ހުޅުދޫ 2

ޝަންގުރިއްލާ ރިސޯޓު 1

މިބަލީގައި އައްޑޫސިޓީން މިހާތަނަށް ވަނީ 6 މީހަކު ނިޔާވެފައެވެ.