މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެެވެ.

އެމްއެންޑީއެފުން ބުނީ ޑޮނާޑް ގާމެންޓް ހުންނަ އިމާރާތުގެ ތިން ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެތަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ 16:49ގައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން އެ އިމާރާތުން މިހާރު ވަނީ މީހުން ހުސްކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމެއް އެނގިފައެއް ނުވެއެވެ.