ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫސިޓީން އިތުރު 22 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ކަމަށް އޭއީއެޗުން ވިދާޅުވެއްޖެއެވެ.

އަލަށް ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ހިމެނެނީ މުޅީން ވެސް ދިވެހީންނެވެ. އެއީ ފުލޫކުލިނިކަށް ދެއްކި ތިން މީހަކާއި 13 ޑައިރެކްޓް ކޮންޓެކްޓުންނާއި ދެ ސަވިލިއަންސް ސާމްޕަލާއި 1 ރެންޑަމް ސާމްޕަލެވެ.

އަލަށް ޕޮޒިޓިވްވި 22 މީހުންނާއެކު އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 1824 އަށް އަރައިފައެވެ. އޭގެތެރެއިން 1590 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. އެކްޓިވް ކޭސްގެ އަދަދަކީ 229 އެވެ.

އެކްޓިވްކޭސް

ހިތަދޫ 183

މަރަދޫ 12

މަރަދޫފޭދޫ 10

ފޭދޫ 20

ހުޅުދޫ 3

ޝަންގުރިއްލާ ރިސޯޓު 1

މިބަލީގައި އައްޑޫސިޓީން މިހާތަނަށް ވަނީ 6 މީހަކު ނިޔާވެފައެވެ.