އިންޑިއާގެ ރަށްފުށުގެ ހިސާބުތަކުގައި ބަންދުކޮށްފައިވާ ކާނާއަށް މީހުންގެ ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށް ނެސްލޭ އިނޑިއާއިން ބުނެއެވެ. ނެސްލޭ އިންޑިއާއިން ބުނެފައި ވަނީ އިންޑިއާގެ ރަށްފުށުގެ ހިސާބުތަކަކީ އެކުންފުނީގެ ވިޔަފާރި ތަރައްގީ ކުރުމަށް ފުރުސަތު ބޮޑު ސަރަހައްދެއް ކަމަށެވެ.
ޖެނަވަރީން ޑިސެންބަރަށް މާލީ އަހަރު ހިސާބު ކުރާ ނެސްލޭއިން ބުނެފައި ވަނީ އިންޑިއާގައި އެކުންފުނީގެ ވިޔަފާރި ކުރިއަރާފައި ވަނީ 10 އިންސައްތައަށެވެ. އަދި ރަށްފުށުގެ ހިސާބުތަކުގައި ވިޔަފާރު ކުރިއަރައިގެން ގޮސްފައިވަނީ އީކޮމާސްގެ ޒަރީއާއިން ކަމަށްވެސް ނެސްލޭއިން ބުނެއެވެ.
ނެސްލޭއަކީ މެގީއާއި ކިޓްކެޓް އަދި ކޮފީފަދަ ކޮންމެ ދުވަހަކު މީހުން ގަންނަ ބާވަތްތަކުގެ މުދަލުގެ ވިޔަފާރި ކުރާ ކުންފުންޏެކެވެ.
ނެސްލޭއިން ފާހަގަ ކޮށްފައިވާ ގޮތުގައި މުދާ ބަންދުކުރުމުގެ ޚަރަދާއި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން އިތުރަށް ޚަރަދު ކުރަން ޖެހުމުން ކުންފުނިން ލަފާކުރި ވަރުގެ ފައިދާއެއް ދައްކާފައެއް ނުވެއެވެ.