ބޭނުންވާ ތަކެތި

340 ގުރާމު ބޯންލެސް ޗިކަން

4 މޭޒުމަތީސަމުސާ ގޮދަން ފުށް

1 މޭޒުމަތީ ސަމުސާ ބޭކިންޕައުޑަރ

½ ޖޯޑު ފެން

1 ބިސް

5 މޭޒުމަތީ ސަމުސާ ހަކުރު

5 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް

3 މޭޒުމަތީ ސަމުސާ ވައިޓް ވިނިގާ

1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް

1 ފިޔާ ބޮޑު (ބޮޑެތިކޮށް ކޮށާފައި)

1 ޖޯޑު ރެޑް ކެޕްސިކަމް (ބޮޑެތިކޮށް ކޮށާފައި)

1 ޖޯޑު ގްރީން ކެޕްސިކަމް (ބޮޑެތިކޮށް ކޮށާފައި)

ރަހަލާވަރަށް ލޮނު

ތެއްލަން ތެޔޮ

ތައްޔާރުކުރާނެ ގޮތް

ކުކުޅު ކުދިކޮށް ކޮށާލުމަށްފަހު ދޮވެލާށެވެ. އެއަށްފަހު ބޯތައްޓެއްގައި ފުށާއި ލޮނުކޮޅަކާއި ބޭކިންޕައުޑަރ އަދި ބިސް އެއްކޮށް ފެން އަޅައިގެން ގިރާލާށެވެ. ދެން އެއަށް ކޮށި ކުކުޅުތައް އަޅާ އެއްކޮށްލުމަށްފަހު 15 މިނެޓު ބަހައްޓާށެވެ. އެއަށްފަހު ތާހަކަށް ތެޔޮ އަޅާ ހޫނުކުރާށެވެ. ތެޔޮ ހޫނުވުމުން ކުކުޅުތައް އަޅާ ރަނގަޅަށް ތެއްލާލާށެވެ.

ދެން ސްވީޓް ސޯސް ތައްޔާރުކުރާށެވެ. ފުރަތަމަ ބޯތައްޓަކަށް ޓޮމާޓޯ ކެޗަޕް އަޅާށެވެ. އެއަށްފަހު ވިނިގާ އާއި ހަކުރު ސޯޔާ ސޯސް އަޅައިގެން އެއްކޮށްލާށެވެ. ހަކުރު ވިރެންދެން ގިރާލަންވާނެއެވެ.

ދެން ތަވަ އަކަށް 4 ސަމުސާ ތެޔޮ އެޅުމަށްފަހު ހޫނުކޮށްލާށެވެ. ހޫނުވުމުން ކޮށާފައިހުރި ފިޔާކޮޅު އަޅާ ވަޅޯ ކޮށްލާށެވެ. ފިޔާކޮޅު ވަޅޯވުމުން ކެޕްސިކަމް އަޅާށެވެ. ދެން ކެޕްސިކަމްކޮޅު ކުޑަކޮށްވަޅޯ ވުމުން ތައްޔާރުކުރި ސްވީޓް ސޯސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ތެއްލާފައިހުރި ކުކުޅުތައްވެސް ސޯސް އާއި އެއްކޮށްލާށެވެ.