ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުޅުދުއްފުށި ސިޓީ އަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ރައީސް އެ ސިޓީ އަށް ވަޑައިގަންނަވަނީ ޒުވާނުންގެ ދުވަހާ ގުޅިގެން ކުރިއަށްގެންދާ ޖަލްސާގައި ބައިވެރިވުމުގެ ގޮތުންނެވެ.
އެގޮތުން މިއަދު ހަވީރު ކުޅުދުއްފުށީ ރަސްމީ ބޯޅަ ދަނޑުގައި ޓާފް އަޅައި ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އެ ދަނޑު ހުޅުވުމުގެ ގޮތުން ބައްދަލުކުރާނީ ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާއި ރާއްޖޭގެ ގައުމީ ޓީމެވެ.