އައްޑޫ ސިޓީން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ދަށަށް ހިނގައްޖެއެވެ.

އެންމެފަހުގެ ހިސާބުތައް ދައްކާގޮތުން އައްޑޫއިން ޕޮޒިޓިވް ވެފައިވަނީ 7 މީހެކެވެ. އެއީ ހިތަަދޫން ޕޮޒިޓިވްވި 5 މީހަކާއި މަރަދޫން ޕޮޒިޓިވްވި 2 މީހެކެވެ. ހިތަދޫން ޕޮޒިޓިވްވެފައިވަނީ 4 ޑައިރެކްޓްް ކޮންޓެކްޓުންނައި ފުލޫކުލިނިކަށް ދެއްކި މީހެކެވެ. މަރަދޫން ޕޮޒިޓިވްވެފައިވަނީ ފުލޫކުލިނިކަށް ދެއްކި މީހަކާއި ފުރަންވެގެން ޓެސްޓު ހެދި އިރު ޕޮޒިޓިވްވެފައިިވާ މީހެކެވެ.

މި ހަތް މީހުންނަކީ ވެސް ދިވެހީންނެވެ. މިއަދަދާއެކު އައްޑޫއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 1847 އަށް އިތުރުވެފައެވެ. އޭގެތެރެއިން 1629 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އައްޑޫގައި މިވަގުތު ތިބީ 281 މީހެކެވެ. އެކްޓިވް ކޭސްގެ އަދަދަކީ 213 އެވެ. އިއްޔެވަނީ ބަލިން ފަސޭހަވި 15 މީހަކު ދޫކޮށްލައިފައެެވެ.

އެކްޓިވްކޭސް

ހިތަދޫ 176

މަރަދޫ 12

މަރަދޫފޭދޫ 7

ފޭދޫ 14

ހުޅުދޫ 3

ޝަންގުރިއްލާ ރިސޯޓު 1

މިބަލީގައި އައްޑޫސިޓީން މިހާތަނަށް ވަނީ 6 މީހަކު ނިޔާވެފައެވެ.