ކ.ތިލަފުށީގައި ހުންނަ "ޓިމްބަރ ހައުސް" ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށައިފި ކަމަށް އެމްއެންޑީއެފުން ވިިދާޅުވެއްޖެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެހެނަސް ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. އެމްއެންޑީއެފުން ވިދާޅުވީ ރޯވި އަލިފާން މިހާރުވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށެވެ. އެމްއެންޑީއެފަށް މިހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 10:05 އެހައިކަންހާއިރުއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވެފައިވަނީ ކުނިތަކެއްގައި ކަމަށެވެ.