ޓެކްސީއަކަށް އެރި ދެމީހަކު ޑްރައިވަރަށް ބިރު ދައްކައިގެން ފައިސާތަކެއް ފޭރިގަންފިއެވެ.

ފުލުހުން ބުނީ މާލޭ މަޖިދީމަގުން ހުޅުމާލެ އަށް ދިއުމަށް ޓެކްސީއަކަށް އެރި ދެމީހަކު ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާތަކެއް ފޭރުނު މައްސަލައެއް ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ދެމީހުން ވަނީ ޓެކްސީ ޑްރައިވަރު އަތުން 700 ރުފިޔާ ފޭރުމަށް ފަހު ފިލާފައެވެ. ނަމަވެސް މިމައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ނަމަވެސް މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރަމުން ގެންދާކަމަށް ފުލުހުން ބުނެއެވެ.