ކޮވިޑު ޖެހިގެން އައްޑޫ ސިޓީން އިތުރު މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 243 އަށް އަރައިފިއެވެ.

ރޭ ދަންވަރު 2:30 ހާއިރު މަރުވެފައި ވަނީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 83 އަހަރުގެ އަންހެނެކެވެ.

މިއީ މި މަސްތެރޭ އައްޑޫ އިން މި ބަލީގައި މަރުވި ފަސްވަނަ ފަރާތެވެ. އަދި މިއީ މި ބަލީގައި ރާއްޖެ އިން މަރުވި 243 ވަނަ ފަރާތެވެ.