އަފްޣާނިސްތާނުން ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ކިރިގީޒިސްތާނާއި އިންޑިއާއިން މަޝްވަރާތައް ބާއްވައިފިއެވެ. އިންޑިއާގައި ބާއްވާފައިވާ މަޝްވަރާތަކުގައި ދެ ގައުމު ތަމްސީލް ކޮށްދެއްވީ ދެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރުންނެވެ.
ލެފްޓިނެންޓް ޖެނެރަލް މަރާތު އިމާންކުލޯނިކޯވްއާއެކު އިންޑިއާގެ ގައުމީ ސަލާމތާ ބެހޭ މުޝީރު އަޖިތު ޑޯވަލް ބާއްވާފައިވާ މަޝްވަރާތަކުގައި ސަރަހައްދީ ސަލާމަތީ ހާލަތާއި އަފްޣާނިސްތާންގެ ހާލަތާމެދު މަޝްވަރާކޮށްފައި ވެއެވެ.
މިއީ އިންޑިއާއާއި ކިރިގީޒިސްތާނުން ބާއްވާފައިވާ ފުރަތަމަ ސްޓްރެޓިޖިކް ޑައެލޮގްއެވެ. ދެ ގައުމުންވެސް ވަނީ ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށާއި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ ގާބިލްކަން އިތުރު ކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. އަދި މަސްތުވާތަކެތީގެ ވަގު ވިޔަފާރި ކުރުވުން ހުއްޓުވުމާއި ދިފާއީ ރޮނގުން ގުޅުން ވަރުގަދަ ކުރުމަށްވެސް މަޝްވަރާ ކުރިއެވެ.