ޗެމްޕިއަން އޮފް ޗެމްޕިއަން ފެތުމުގެ މުބާރާތުން ހޮވި ފެންމުތުގެ ޝަރަފް މުޙައްމަދު ޢާން ޙުސައިން އަށް އަދި، ހަމްނާ އަޙްމަދު ހޯދައިފި އެވެ.

މިމަހުގެ 22 ން 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސްވިމިންގ ޕޫލުގައި ބޭއްވުނު މި މުބާރާތުގައި ވާދަކޮށްފައިވަނީ 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެސޯސިއޭޝަނުން ބޭއްވި ހުރިހާ މުބާރާތްތަކާއި، ޓްރަޔަލްތަކުގައި ވާދަކޮށް އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ފެތުންތެރިން ނެވެ.

ފެތުންތެރިންނަށް ފެންމުތުގެ ޝަރަފް ޙަވާލުކޮށްދެއްވީ، ރޭ ހުޅުމާލޭ ސްވިމިންގ ޕޫލްގައި ބޭއްވުނު ރަސްމިއްޔާތުގައި ކުރީގެ ކުޅިވަރު ތަރި ސައްޔިދު ޢަލީ އެވެ.