ބޭނުންވާ ތަކެތި

500 ގުރާމު ކެބެޖް

1 ކެރެޓު

4 ބިސް

1 މޭޒުމަތީ ސަމުސާ ލޮނު

1 ޖޯޑު ކިރު (ފުލްކްރީމް)

3 މޭޒުމަތީސަމުސާ ފުށް

1 މޭޒުމަތީސަމުސާ އަސޭމިރުސް

4 މޭޒުމަތީސަމުސާ ވެޖިޓަބަލް އޮއިލް

ޕާސްލޭ ކޮޅެއް

ތައްޔާރުކުރާނެ ގޮތް

ކެބެޖް ދޮވެލުމަށްފަހު ހިމަދިގުކޮށް ކޮށާށެވެ. އެއަށްފަހު ޕާސްލޭވެސް ކުދިކޮށް ކޮށާލާށެވެ. ކެރެޓް ތުނި ދިގުކޮށް ކޮށާށެވެ. އެއަށްފަހު ކޮށި ހުރިހާ ތަރުކާރީއެއް އެއްކޮށްލާށެވެ. ދެން 4 ބިސް ލޮނުކޮޅެއް އަޅައިގެން ރަނގަޅަށް ގިރާލާށެވެ. ބިސްތައް ގިރުމުން ކިރާއި ފުށާއި މުގުރި އަސޭމިރުސް އަޅާ ހުރިހާއެއްޗެއް އެއްކޮށްލާށެވެ. ފުތްތައް ވަރަށް ރަނގަޅަށް ގިރެންވާނެއެވެ. ދެން މި ގިރި ބިސް އެތި ތަރުކާރީއާއި އެއްކޮށްލާށެވެ. އެއަށްފަހު ތަވަޔަކަށް ވެޖިޓަބަލް އޮއިލް އެޅައި ހޫނުކޮށްލާށެވެ. ތެޔޮ ހޫނުވުމުން ތައްޔާރުކުރި ވެޖިޓަބަލް ތަވަޔަށް އަޅާށެވެ. އެއަށްފަހު ތަވާގައި ރަނގަޅަށް ފަތުރާލާށެވެ. ދެން މަތިޖަހާލުމަށްފަހު 5 މިނެޓު އުނދުންމަތީ ބަހައްޓާލާށެވެ. އެއަށްފަހު ތައްޓަކަށް ނުވަތަ ސަރުފޯހެއްގެ މައްޗަށް ފުށުން ޖަހާލާށެވެ. ދެން އަނެއްކާވެސް ތަވާގައި ތެޔޮފެދެއް އުނގުޅުމަށްފަހު އަނެއް ފުށަށްޖަހާ އެފުށްވެސް ފިހެލާށެވެ.