ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއަށް ދައުވާ ކުރުމަކީ އެންމެ ބުއްދިވެރި ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މައުލޫމާތު ލިބިފަިއވާ ގޮތުގައި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގި ހާދިސާއަކާ ގުޅިގެން ތަހުގީގުކުރި މައްސަލައަކަށްފަހު ދައުވާކުރުމަށް އެދިފައިވަނީ ކުރީގެ މިނިސްޓަރު ޒެނީޝާ ހިމެނޭގޮތަށް ޖުމުލަ 30 ފަރާތެއްގެ މައްޗަށެވެ.
އެޗްއާރްސީއެމުން ދައުވާކުރުމަށް އެދިފައިވާ ފަރާތްތަކުގެ ތެރޭގައި އެކި އިދާރާތަކުގެ މުވައްޒަފުންނާއި އިސްވެރިން ހިމެނޭކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ރައީސް ނަޝީދުގެ ވިދާޅުވީ ކުރީގެ ޖެންޑާ މިނިސްޓަރު، ޒެނީޝާ އަށް ކުރާ ދައުވާގެ ސަބަބުން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ދައުވާ އަނބުރާ ގެންދިއުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށެވެ.
ޒެނީޝާގެ އިތުރުން ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ކުރީގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރަށް ވެސް ދައުވާކުރަން ވަނީ ފޮނުވައިފައެވެ. އެ ދެބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ކުޑަކުދިންގެ ހިިޔާއާ ބެހޭ މައްސަލަތަކެއްގައެވެ.