އައްޑޫ ސިޓީޓީން ކޮވިޑް 19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަު ދެހާހާ ގާތްކޮށްފިއެވެ. ފާއިތުވި 24 ގަޑިއިރުތެރޭގައި އެ ސިޓީން ޕޮޒިޓިވްވި 15 މީހުންނާއެކު ޖުމްލަ އަދަދު މިހާރުވަނީ 1985 އަށް އަރައިފައެވެ. މާދަމާ 15 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެނަމަ އައްޑޫއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2000 އަށް އަރާނެއެވެ.

ފާއިތުވި 24 ގަޑިއިިރުތެރޭގައި އައްޑުއިން ޕޮޒިޓިވްވި 15 މީހުންނަކީ ވެސް ދިވެހީންނެވެ. އޭގެތެރެއިން ހިތަދޫން ޕޮޒިޓިވްވެފައިވަނީ 7 މީހެކެވެ. މަރަދޫން ޕޮޒިޓިވްވެފައިވަނީ މީހެކެވެ. ހުޅުދޫން ޕޮޒިޓިވްވެފައިވަނީ އެކެކެވެ. މީދޫން ޕޮޒިޓިވްވެފައިވަނީ 2 މީހެކެވެ.

މި މުއްދަތުގައި 17 މީހަކު ވަނީ ބަލީން ފަސޭހަވެފައި ކަމަށް އޭއީއެޗުން ވިދާޅުވިއެވެ. މި 17 މީހުންނާއެކު ބަލީން ފަސޭހަވި މީހުންގެ ޖުމްލަ މިހާރުވަނީ 1762 އަށް އަރައިފައެވެ. އެ ސިޓީގައި އެކްޓިވް ކޭސްގެ ގޮތުގައި މިހާރު ތިބީ 215 މީހެކެވެ. އެއީ ހިތަދޫގައި ތިބި 122 މީހަކާއި، މަރަދޫގައި ތިބި 40 މީހަކާއި މަރަަދޫފޭދޫގައި ތިބި 3 މީހަކާއި، ފޭދޫގައިތިބި 32 މީހަކާއި، ހުޅުދޫގައި ތިބި 7 މީހަކާއި މީދުގައި ތިބި 11 މީހެކެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ ޖުމްލަ އަދަދަކީ 230 އެވެ.

މިބަލީގައި އައްޑޫސިޓީން މިހާތަނަށްވަނީ 8 މީހަކު ނިޔާވެފައެވެ.