ފިންލެންޑުން އިންޑިއާއަށް ރޭލުދަތުރެއް ފުރިހަމަ ކޮށްފިއެވެ. ކަރުދާހާއި ކަރުދާހާ ގުޅުން ހުޅި އުފެއްދުންތައް ހިފައިގެން ފިންލެންޑުން އިންޑިއާއަށް ދަތުރުކުރި މިރޭލްގައި 40 ފޫޓް ކޮންޓެއިނާގެ 32 ކޮންޓެއިނާ ހިމެނެއެވެ.
މި ރޭލްގެ ދަތުރު ފަށާފައި ވަނީ ފިންލެންޑުން ރަޝިޔާގެ އަސްތަރުޚާނާއިން އަޒަރުބައިޖާނުން އީރާނަށެވެ.
އީރާންގެ ބަންދަރު އައްބާސް ބަނދަރުން ކަނޑުމަގުން މުދާ އިންޑިއާގެ މުމްބާއިއަށް ގެންގޮސްފައި ވެއެވެ.
މިއީ އިންޑިއާއިން ފަށާފައިވާ ދުނިޔޭގެ އުތުރު ބިތާއި ދެކުނު ބިތް ގުޅުވައިދޭ ނޯރތު ސައުތު ޓްރާންސްޕޯރޓް ކޮރިޑޯއަށް ލިބުނު ކާމިޔާބީއެކެވެ. މި ކޮރިޑޯއަކީ ރަޝިޔާއާއި މެދުތެރޭ އޭޝިއާގެ ބަންދު ގައުއުތަކަށް މުދާ އުފުލުމަށް ހަދާފައިވާ ކޮރިޑޯއެކެވެ. މި ކޮރިޑޯގައި ކަނޑާއި އެއްގަމާއި ރޭލްގެ ވަސީލަތްތައް ބޭނުން ކޮށްގެން އުތުރަށް މުދާ އުފުލުމަށް ހަމަޖެހިފައި ވެއެވެ.
ނޯރތު ސައުތު ކޮރިޑޯ ބޭނުން ނުކޮށް، ކަނޑުމަގުން ސުއޭސްކެނަލް މެދުވެރިކޮށް މުދާ އުފުލާނަމަ ދަތުރަށް ތިން މަސް ދުވަސް ނަގައެވެ. ނަމަވެސް މިހާރު ތިން ހަފްތާގެ ތެރޭގައި މުދާތައް ލިބި ގަނެވެއެވެ.
މީގެ އިތުރުން މުދާ އުފުލުމުގެ ހޭދަވެސް ވަރަށް ބޮޑަށް ކުޑަވެގެން ދެއެވެ. އަދި ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުވެސް ކުޑަވެއެވެ.