ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫ ސިޓީން އިތުރު 26 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި 26 މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެހީންނާއި 8 ބިދޭސީންނެވެ.

އޭގެތެރޭގައި ހިމެނެނީ ހިތަދޫން ޕޮޒިޓިވްވި 7 މީހަކާއި، މަރަދޫން 8 މީހަކާއި، ފޭދޫން 9 މީހަކާއި، ގަމުން މީހަކާއި މީދޫން މީހެކެވެ.

ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫއިން ވަނީ އިތުރު 12 މީހަކު ކޮވިޑް 19 އިން ފަސޭހަވެފައެވެ. މި އަދަދާއެކު އައްޑޫއިން މިހާތަނަށް ބަލީން ފަސޭހަވީ މީހުންގެ ޖުމްލަވަނީ 1774 އަށް އަރައިފައެވެ. އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 2011 އެވެ.

އައްޑޫގެ އެކްޓިވް ކޭސްގެ މިވަގުތުގެ ޖުމްލައަކީ 229 އެވެ. އެއީ ހިތަދޫގައި ތިބި 119 މީހަކާއި، މަރަދޫގައި ތިބި 48 މީހަކާއި މަރަދޫފޭދޫގައި ތިބި 2 މީހަކާއި، ފޭދޫގައިތިބި 40 މީހަކާއި، ހުޅުދޫގައި ތިބި 7 މީހަކާއި މީދުގައި ތިބި 12 މީހަކާއި، ގަމުގައި ހުރި މީހެކެވެ. އައްޑޫގައި މިވަގިތު ތިބި ޑައިރެކްޓް ކޮންޓެކްޓުންގެ ޖުމްލަ އަދަދަކީ 259 އެވެ.

މިބަލީގައި އައްޑޫސިޓީން މިހާތަނަށްވަނީ 8 މީހަކު ނިޔާވެފައެވެ.