ދުނިޔޭގައި ކޯވިޑް 19 ބަލި ޖެހިގެން 5 މިލިޔަން މީހުން މަރުވެއްޖެ ކަމަށް ރިޕޯޓުކޮށްފިއެވެ.

ޖޯން ހޮޕްކިންސް ޔުނިވަރސިޓީއިން އާންމުކުރި މައުލޫމާތުގައިވަނީ 7 ޖުލައި 2021އަށް 4 މިލިޔަން މީހުން ކޯވިޑް 19 ޕެންޑަމިކް ގައި މަރުވެފައިވާކަމަށެވެ. މި އަދަދު 5 މިލިޔަނަށް އެރީ މި ހަފުތާގައެވެ.

މި ބަލީގައި ގައުމުތަކުން މަރުވި މީހުންގެ އަދަދަށް ބަލާއިރު އެމެރިކާއިން އޮކޫޓޯބަރ 25 އާއި ހަމައަށް 737،000 މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. ބުރެޒިލް އިން 605،804 މީހުން މަރުވެފައިވާއިރު އިންޑިޔާއިން 455،068 އަދި މެކުސިކޯއިން 227،506 މީހުން މަރުވި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ޖުލައި 7 ގެ ނިޔަލަށް ރަޝިޔާއިން ކޯވިޑް 19 ގައި މަރުވިކަމަށް ރިޕޯޓުކޮށްފައިވަނީ 90،00 މީހުނެވެ. އިންޑޮނޭޝިޔާއިންވެސް 80،000 މީހުން ޖުލައި 7 ގެ ނިޔަލަށް ކޯވިޑް 19 ގައި މަރުވެފައިވާކަމަށް ރެޕޯޓުކޮށްފައިވެއެވެ.

ޑަބުލިޔުއެޗްއޯއިން ހާމަކުރި ގޮތުގައި ހުނޅަގު ޕެސިފިކަކީ މަރުވާ މީހުންގެ އަދަދުތައް އެންމެ އަވަހަށް އިތުރުވާ ސަރަހައްދެވެ.

ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު މި ސަރަހައްދުން މީހުން މަރުވާ އަދަދު ދެގުނަ އިތުރުވާކަން ފާހަގަ ކުރެވިފައި ވެއެވެ.

2019 ގައި ކޯވިޑް 19 ޕެންޑަމިކެއް ކަމުގައި ކަނޑައެޅުމަށްފަހު ޑަބުލިޔުއެޗް އޯގެ ހިސާބުތަކުގައިވަނީ މި ބަލީގައި 5 މިލިޔަން މީހުން މަރުވާނެކަމަށެވެ. އެހެން ނަމަވެސް މި ހަފުތާގައި މިވަނީ 5 މިލިޔަން މީހުން މި ބަލީގައި މަރުވެފައެވެ. އެހެންކަމުން އަދި މިއަދަދު މިއަށްވުރެވެސް އެތައް ގުނައެއް އިތުރުވެގެން ދާނެކަން ގައުމުތަކުން މަރުވަމުންދާ މީހުންގެ އަދަދަށް ބެލުމުން ހާމަވެއެވެ.