ޗައިނާގައި ތަރުކާރީގެ ބާވަތްތަކުގެ އަގުތައް މަތިވެއްޖެއެވެ. ޗައިނާގެ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް ރޫރަލް އެފެއާޒްއިން ވަނީ ކުއްލި ހާލަތުގައި އަމަލުކުރާ ގޮތަށް އަލަކުރަން ފަށާފައެވެ.
ޗައިނާގައި ތަރުކާރީއަކީ ކާނާގެ އަސާސީ ބާވަތެކެވެ. އެންމެން އެއަށް ބަރޯސާ ކުރާ ވަސީލަތެކެވެ. ޗައިނާގައި އެފަދަ ވަސީލަތެއްގެ އަގުތައް މަތިވުމަކީ ސަރުކާރުން އެކަމާ މެދު ކަން ބޮޑުވެ ސިހޭނެ ކަމެކެވެ.
ޗައިނާގައި ތަރުކާރީގެ އަގު މަތިވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ނެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިވާން އޮތް އަންނީނޯގެ ސަބަބުންވެސް އިތުރަށް ފެންލިބުމާއި ހޫނުވުމުގެ މައްސަލަތަކާ ކުރިމަތިވެ، ތަރުކާރީއާއި ދަނޑުހެއްދުމަށް ހުރަސްތައް މެދުވެރިވުމަކީ އެކަށީގެންވާ ކަމެކެވެ.
ޗައިނާގެ އެގްރިކަލްޗާ މިނިސްޓްރީން ސަރަހައްދުތަކަށް އަންގާފައި ވަނީ ރަބީއު މޫސުމްގެ ފެސްޓިވަލްއާއި އޮލިމްޕިކްސްއާ ދިމާކޮށް ތަރުކާރީ ލިބޭގޮތަށް ހަމަޖައްސާފައި އޮތުމަށާއި އަގުތައް ކޮންޓްރޯލު ކޮށްފައި ބެހެއްޓުމަށެވެ.
ބައެއް ބާވަތުގެ ތަރުކާރީގެ އަގުތައް ވަނީ ދެގުނައަށް ބޮޑުވެގެން ގޮސްފައެވެ.