ހުވަދޫ ކަނޑުން ދަތުރުކުރަމުންދާ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ހުވަދޫކަނޑުން ދަތުރުކުރަމުންދާ "އަލްމާ" ނަމަކަށް ކިޔާ ބޯޓެއް ދިޔަވާކަމުގެ މައުލޫމާތު ލިބިގެން ދެކުނު އޭރިއާގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. އެމްއެންޑީއެފުން ފަހުން ވިދާޅުވެފައިވަނީ އެ ބޯޓު ދިޔަވާ ކުރިން މައުލޫމާތު ލިބުނަސް ފަހުން އެނގިފައިވަނީ ކަނޑުގަދަ ކަމުން އެބޯޓަށް ދަތުރު ކުރެވޭވަރު ނުވާ ކަމަށެވެ. އެ ބޯޓު ހުވަދު އަތޮޅަށް ވަންނަން ދަތުރު ކުރަމުންއައި ކަމަށާއި އެއްވެސް ރަށަކަށް ވަން ކަމެއް އެނގިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުުން ވިދާޅުވެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިބޯޓަކީ މާލެއާއި އައްޑޫސިޓީއާއި ދެމެދު ދަތުރުކުރާ ބޯޓެކެވެ.