އައްޑޫ ސިޓީން އިއްޔެ އިތުރު 38 މީހުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭގެ ތެރޭގައި ހިމެނެނީ 35 ދިވެހީންނާއި 3 ބިދޭސީންނެވެ.

މި އަދަދަށް ބަލާއިރު ހިތަދޫން ޕޮޒިޓިވްވެފައިވަނީ 16 މީހެކެވެ. މަރަދޫން ވެސް ޕޮޒިޓިވްވެފައިވަނީ 16 މީހެކެވެ. ފޭދޫން ޕޮޒިޓިވްވެފައިވަނީ 5 މީހެކެވެ. މަރަދޫފެދޫއިން ޕޮޒިޓިވްވެފައިވަނީ އެކެކެވެ.

ބަލީން ފަސޭހަވެގެން އިއްޔެ ދޫކޮށްފައިވަނީ 12 މީހެކެވެ. މި އަދަދާއެކު އައްޑޫއިން މިހާތަނަށް މި ބަލީން ފަސޭހަވެފައިވާ މީހުންގެ ޖުމްލަވަނީ 1786 އަށް އަރައިފައެވެ. އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 2049 އެވެ.

އައްޑޫގެ އެކްޓިވް ކޭސްގެ މިވަގުތުގެ ޖުމްލައަކީ 255 އެވެ. އެއީ ހިތަދޫގައި ތިބި 126 މީހަކާއި، މަރަދޫގައި ތިބި 62 މީހަކާއި މަރަދޫފޭދޫގައި ތިބި 3 މީހަކާއި، ފޭދޫގައިތިބި 44 މީހަކާއި، ހުޅުދޫގައި ތިބި 7 މީހަކާއި މީދުގައި ތިބި 12 މީހަކާއި، ގަމުގައި ހުރި މީހެކެވެ. އައްޑޫގައި މިވަގުތު ތިބި ޑައިރެކްޓް ކޮންޓެކްޓުންގެ ޖުމްލަ އަދަދަކީ 250 އެވެ.

މިބަލީގައި އައްޑޫސިޓީން މިހާތަނަށްވަނީ 8 މީހަކު ނިޔާވެފައެވެ.