ފާއިތުވި 24 ގަޑިއިރުތެރޭގައި އައްޑޫ ސިޓީން އިތުރު 42 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އޭގެ ތެރޭގައި ހިމެނެނީ 32 ދިވެހީންނާއި 10 ބިދޭސީންނެވެ.

މީގެ ތެރެއިން ހިތަދޫން ޕޮޒިޓިވްވެފައިވަނީ 21 މީހެކެވެ. މަރަދޫން ޕޮޒިޓިވްވެފައިވަނީ 11 މީހެކެވެ. ފޭދޫން ޕޮޒިޓިވްވެފައިވަނީ 9 މީހެކެވެ. މަރަދޫފެދޫއިން ޕޮޒިޓިވްވެފައިވަނީ އެކެކެވެ. އައްޑޫއިން އިއްޔެ ޕޮޒިޓިވްވެފައިވަނީ 38 މީހެކެވެ. އޭގެ ކުރީދުވަހު ޕޮޒިޓިވް ވެފައިވަނީ 26 މީހެކެވެ.

އައްޑޫގައި މި ބަލިޖެހިފައިވާ މީހުންގެ ތެރެއިން ބަލީން ފަސޭހަވެގެން ދޫކޮށްފައިވަނީ 20 މީހެކެވެ. މި އަދަދާއެކު އައްޑޫއިން މިހާތަނަށް މި ބަލީން ފަސޭހަވެފައިވާ މީހުންގެ ޖުމްލަވަނީ 1806 އަށް އަރައިފައެވެ. އައްޑޫއިން ކޮވިޑަށް މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލައަކީ 2091 އެވެ.

އައްޑޫގެ އެކްޓިވް ކޭސްގެ މިވަގުތުގެ ޖުމްލައަކީ 277 އެވެ. އެއީ ހިތަދޫގައި ތިބި 128 މީހަކާއި، މަރަދޫގައި ތިބި 74 މީހަކާއި މަރަދޫފޭދޫގައި ތިބި 4 މީހަކާއި، ފޭދޫގައިތިބި 51މީހަކާއި، ހުޅުދޫގައި ތިބި 7 މީހަކާއި މީދުގައި ތިބި 12 މީހަކާއި، ގަމުގައި ހުރި މީހެކެވެ. އައްޑޫގައި މިވަގުތު ތިބި ޑައިރެކްޓް ކޮންޓެކްޓުންގެ ޖުމްލަ އަދަދަކީ 245 އެވެ.

މިބަލީގައި އައްޑޫސިޓީން މިހާތަނަށްވަނީ 8 މީހަކު ނިޔާވެފައެވެ.