އައިޖީއެމްއެޗް ހޮސްޕިޓަލުގައި މަސައްކަތްކުރާ ނަރުހެއް މަރުވި މައްސަލައިގައި އެ ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމަށް އެ މީހާގެ ހަށިގަނޑު އިންޑިއާއަށް އިއްޔެ ފޮނުވާފައިވާކަމަށެވެ.
އައިޖީއެމްއެޗްގެ ޑަޔަލިސިސް ސެންޓަރުގައި ނަރުހެއްގެ މަގާމްގައި މަސައްކަތް ކުރި ފިލިޕީންސް އަށް ނިސްބަތްވާ މޭރީ ގްރޭސް ޕިނެޑާ ވާރގަސް ގެ މަރާމެދު ޝައްކު އުފެދި އޭނާގެ ފިރިމީހާ ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ފިރިމީހާއާއި، 5 އަހަރުގެ އަންހެން ދަރިފުޅާއެކު ދިރިއުޅުން އެ ނަރުސް މީހާގެ މަރާމެދު ޝައްކު އެފެދުނީ ނަރުސް މީހާ މަރުވެފައި ހުރީ ދަންޖެހިގެންކަމަށް ބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާގެ ހަށިގަނޑުން ދަން ޖެހިފައި ހުރިކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތުމުން ކަމަށްވެއެވެ.