ތުރުކީވިލާތުގެ އިސްތަންބޫލުގައި މިމަހު 7 ވަނަ ދުވަހު އޮންނަ ބައިނަލްއަގުވާމީ މެރެތަން ރޭހެއްގައި ރާއްޖޭގެ 4 އެތުލީޓަކު ވާދަކުރަން ނިންމައިފިއެވެ. "ނިކޮލޭ 43 ވަނަ އިސްތަންބޫލް އިންޓަރނޭޝަނަލް މެރެތަން 2021" ގައި ރާއްޖެއިން ބައިވެރިވާ އެތުލީޓުންނަކީ މިވަގު ރާއްޖެއިން ހޮވައިލެވޭނެ އެންމެ ވަރުގަދަ އެތުލީޓުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

މި މެރެތަންގައި ބައިވެރިވަނީ ރާއްޖެއިން އެންމެގިނަ އިންޓަރނޭޝަނަލް މެރެތަން ދުވުމުގެ ރެކޯޑު އޮންނަ ނަސްރުﷲ އަހުމަދާއި، އާއިޝަތު ރާނިޔާއާއި 5 ކިލމީޓަރުގެ ދުވުމުން ރާއްޖޭގެ ރެކޯޑު އޮންނަ މުހައްމަދު ރަޝީދާއި، އަހުމަދު ނަސީރު އަބްދުﷲ އެވެ. މީގެ ތެރެއިން ނަސްރުﷲ އާއި އަހުމަދު ނަސީރު އަބްދުﷲ ވާދަކުރާނީ 42.195 ކިލޯމީޓަރުގެ ފުލް މެރެތަންގައެވެ. ރާނިޔާ ވާދަކުރާނީ 15 ކިލޯމީޓަރު ދުވުމުގައެވެ.

މި އިވެންޓް ސޮޕޮންސަރ ކޮށްދީފައިވަނީ މާޒިޔާ ޓްރޭޑަރ ޕްރައިވެޓް ލިމިޓެޑުންނެވެ.