ގަލޮޅު ސްކޫލުގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ހައްޔަރު ކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ 63 އަހަރުގެ އަންހެނެކެވެ.

ފުލުހުން ބުނީ އެމީހާ ބަންދުން ދޫކޮށްލީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ލަފާދީފައިވާތީ ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލި ނަމަވެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާއިރު، ދަރިވަރަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތު ކުރެވޭތީ، އެ ސްކޫލްގެ ހުރިހާ މަސައްކަތު މީހުން މިވަގުތު ތިބީ ސަސްޕެންޝަނުގައެވެ.