ރާއްޖެއިން އިތުރު 143 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އޭގެތެރޭގައި ހިމެނެނީ އަތޮޅުތަކުން 117 މީހުުންނާއި ރިސޯޓުތަކުން 3 މީހުންނާއި މާލެއިން 23 މީހުން ނެވެ.

މިއަދުގެ އަދަދައެކު މިއާއެކު 88،058 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ އިރު، މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 1،860 މީހުން ނެވެ. އޭގެތެރެއިން 30 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ފާއިތުވި 24 ގަޑިއިރު މިބަލިން 119 މީހުން ވަނީ ރަނގަޅުވެފައެވެ. އެއާއެކު ރަނގަޅުވީހުންގެ ޖުމްލަ ޢަދަދު ވަނީ 85،942 އަށް އަރާފައެވެ.

ރާއްޖެެއިން މިހާތަނަށް 243 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ.