އައްޑޫ ސިޓީން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2111 އަށް އަރައިފިއެވެ.

ކޮވިޑް ބަލި ޖެހުނު މީހުންގެ އަދަދު 2111 އަށް އެރީ މިއަދު އެ ސިޓީން ޕޮޒިޓިވްވި ވިހި މީހުން ހިމަނައިގެންނެވެ. މިއަދު ޕޮޒިޓިވްވި 20 މީހުންގެ ތެރޭގައި ހިމެނެނީ 14 ދިވެއްސަކާއި 6 ބިދޭސީއެކެވެ.

ހިތަދޫން މިއަދު ޕޮޒިޓިވް ވެފައިވަނީ 12 މީހެކެވެ. މަރަދޫއިން ޕޮޒިޓިވް ވެފައިވަނީ 3 މީހެކެވެ. ފޭދޫއިން ޕޮޒިޓިވް ވެފައިވަނީ އެކެކެވެ. މަރަދޫފޭދޫން ޕޮޒިޓިވްވެފައިވަނީ 4 މީހެކެވެ.

އައްޑޫގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލައަކީ 290 އެވެ. އެއީ ހިތަދޫގައި ތިބި 133 މީހަކާއި، މަރަދޫގައި ތިބި 77 މީހަކާއި، މަރަދޫފޭދޫގައި ތިބި 8 މީހަކާއި، ފޭދޫގައި ތިބި 52 މީހަކާއި، ހުޅުދޫގައި 7 މީހަކާއި މީދޫގައި 12 މީހަކާއި ގަމުގައި އެކެވެ.

ބަލީން މިހާތަނަށް ފަސޭހަވެފައިވާ މީހުންގެ ޖުމްލައަކީ 1813 އެވެ. އައްޑޫއިން 8 މީހަކު ވަނީ މަރުވެފައެވެ. ބަލީން ފަސޭހަވެގެން މިއަދު ދޫކޮށްފައިވަނީ 7 މީހެކެވެ.