މާފަންނުގައި ހުރި ގެއެއްގައި ގޭސްފުޅިއެއް ގޮވާ މީހަަކަށް އަނިޔާ ވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައިވަނީ މ. އޮޅުހާގޭގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އަދި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއަށް ކޮށްފައިވަނީ ހަވީރު 3:21 ގައި ކަމަށެވެ.

އެ ވަގުތުން ފެށިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާ އިރު، އެކަކު ފިހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމީހާ މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައި ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.