ދުނިޔޭގެ އެއްވަނަ ޑަބަލް ޓެނިސް ޕްލެޔަރ ޕެންގ ޝުއާއި ތުހުމަތު ކުރާ ގޮތުން ޗައިނާގެ ކުރީގެ ނާއިބް ރައީސް އޭނާއާއެކު ޖިންސީ ގުޅުން ހިންގަން މަޖުބޫރު ކުރިކަމަށް ތުހުމަތު ކޮށްފިއެވެ. ޗައިނާގެ އެންމެ ބޮޑު ކުޅިވަރުގެ ދުނިޔޭގެ ތަރިންގެ ތެރޭގައި ހިމެނޭ ޕެންގ ވަނީ މީސްމީޑިއާގައި މިވާހަކަ ޝާއިއުކޮށްފައި ފަހުން ޑިލީޓް ކޮށްފައެވެ.
ވެއިބޯގައި އޭނާގެ ވެރިފައި ކޮށްފައިވާ އެކައުންޓުން މިވާހަކަ ބުނެފައިވާ ކަމުގެ ސްކްރީން ޝޮޓެއް ވެސް ވަނީ އާންމުވެފައެވެ. ޕެންގ ބުނާ ގޮތުން ޒާންގ ގާއޮލީ ވަނީ އޭނާއާއެކު ޖިންސީ ގުޅުން ހިންގައި، އަދި ދޭތެރޭން ބައްދަލުކޮށް ގުޅުން ހިންގާފައެވެ.
ގާއޮލީ އަކީ ފަހުން ޗައިނާގެ އެންމެ ބާރުގަދަ އަދި ނިންމުންތައް ނިންމާ ޕޮލިޓް ބިއުރޯއަށް ހޮވިފައެވެ.
ޕެންގގެ ޕޯސްޓް ޑިލީޓް ކޮށްފައި ވަނީ ޝާއިއުކުރިތާ ދޮޅު ގަޑިއިރު ފަހުންނެވެ. ފަހުން މީހުން ވަނީ ވީޗެޓްއާއި އައިމެސެޖްގައި މީގެ ސްކްރީން ޝޮޓްތައް ޝެއަރކޮށްފައެވެ.
ޗައިނާއަކީ މައުލޫމާތުގެ ރަސްމަގުގައި އަތްފުނާ އަޅައި ޗައިނާއާއި ޗައިނާގެ ލީޑަރުންނަށް ހުތުރުވާ ވާހަކަތައް ޑިލީޓް ކުރާ ގައުމެކެވެ. މިފަހަކަށް އައިސް ޗައިނާއިން ވަނީ އިތުރަށް އިންޓަރނެޓްގައި ފޯރިމެރުން ވަރުގަދަކޮށްފައެވެ.