ޕީޕީއެމްގެ ބޮޑު ހިނގާލުން ބާއްވާ ތާރީޚު ފަސްކޮށްފި އެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މާދަމާ ބޭއްވުމަށް ނިންމި މި ހިނގާލުން ފަސްކުރީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި މި ހިނގާލުން ބާއްވާނެ ތާރީޚް ވަރަށް އަވަހަށް އިޢުލާންކުރާނެ ކަމަށެވެ.
ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ބާއްވާ މި ހިނގާލުމަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް އެކޯލިޝަނުން ކުރިއަށްގެންދާ ކެމްޕޭނުގައި ހިމަނައިގެން ކުރިއަށް ގެންދާ ހިނގާލުމެކެވެ.
އެ މައްސަލައިގާ ޕެޓިޝަނެއް ތައްޔާރުކޮށް އޭގައި ސޮއި ހޯދުމުގެ މަސައްކަތްތައް ވެސް އެ ކޯލިޝަނުން ދަނީ ކުރެވެމުން ނެވެ.