ބޭނުންވާ ތަކެތި

1 ކިލޯ ކުކުޅު

1 ޖޯޑު ޔޯގަޓް

1 ލުނބޯގެ ހުތް

¾ މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ޕޭސްޓު

½ މޭޒުމަތީ ސަމުސާ މުގުރިމިރުސް

2 މޭޒުމަތީސަމުސާ ކުކުޅުހަވާދު (ކޮތަނބިރިހަވާދު)

1 މޭޒުމަތީސަމުސާ ގަރަމް މަސާލާ

3 ތޮޅި މިރުސް

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ ކުކުޅު ކުދިކޮށް ކޮށާލުމަށްފަހު ސާފުކޮށްލާށެވެ. ދެން ބޯތައްޓަކަށް އަޅާށެވެ. އެއަށްފަހު ފިޔާ ތުނިކޮށް ކޮށުމަށްފަހު ޔޯގަޓާއި ކުޑަ ލޮނުކޮޅަކާއި ފިޔާ އަދި އިނގުރުލޮނުމެދު ޕޭސްޓް އަޅައި ކޮށި ކުޅުގައި ރަނގަޅަށް އުނގުޅާލާށެވެ. އެއަށްފަހު ގަޑިއެއްގެ އިރު މެރިނޭޓްކުރަން ބަހައްޓާށެވެ. ކުކުޅު މެރިނޭޓް ވުމުން ހަވާދާއި މިރުސް އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ތެއްޔަކަށް އަޅައި މަޑުގިނިމަތީ، މަތިޖަހައިގެން ކައްކާލާށެވެ. ކުކުޅު ރަނގަޅަށް ރޯފިލުމުން ބޭނުންވާ މިންވަރަކަށް އޮލަބެހެއްޓުމަށް ފެންފޮދެއް އަޅާލާށެވެ ތޮޅިމިރުސްކޮޅުވެސް ފަޅާފައި އަޅާލާށެވެ. ދެން ލޮނުހެޔޮވަރުކޮށް އުނދުންމަތިން ބާލާށެވެ. ބޭނުންނަމަ ކޮރިޔަންޑާލީވްކޮޅެއް މައްޗަށް އަޅާލާށެވެ.