އައްޑޫގައި ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެ އެވެ.

މިއަދު ހެނދުނު 11:46 ހާއިރު މަރުވެފައި ވަނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 87 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއީ އައްޑޫ އިން މި ބަލީގައި މަރުވި 10 ވަނަ ފަރާތެވެ. އަދި މިއީ މި ބަލީގައި ރާއްޖެ އިން މަރުވި 245 ވަނަ މީހާއެވެ.