ފާއިތިވި 24 ގަޑިއިރުތެރޭ އައްޑޫސިޓީން 42 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެެއެވެ. އެއީ 37 ދިވެއްސަކާއި 5 ބިދޭސީއެކެވެ.

މި މީހުންގެ ތެރެއިން ހިތަދޫއިން ޕޮޒިޓިވްވެފައިވަނީ 19 މީހެކެވެ. މަރަދޫއިން ޕޮޒިޓިވްވެފައިވަނީ 7 މީހެކެވެ. ފޭދޫއިން ޕޮޒިޓިވްވެފައިވަނީ 3 މީހެކެވެ. މީދޫއިން ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ.

އައްޑޫސިޓީގެ އެކްޓިވް ކޭސްގެ މިހާރުގެ ޖުމްލަ އަދަދަކީ 328 އެވެ. އޭގެތެރެއިން ހިތަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 151 އެވެ. މަރަދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 79 އެވެ. މަރަދޫފޭދޫގެ އެކްޓިވް ކޭސްގެ ޖުމްލައަކީ 8 އެވެ. ފޭދޫގެ އެކްޓިވް ކޭސްގެ އަދަދަކީ 56 އެވެ. ހުޅުދޫގެ އެކްޓިވްކޭސްގެ ޖުމްލައަކީ 7 އެވެ. މީދޫގެ އެކްޓިވްކޭސްގެ ޖުމްލައަދަދަކީ 26 އެވެ. ގަމުގައި އެކެކެވެ.

މިހާތަނަށް އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލައަކީ 2198 އެވެ. އޭގެތެރެއިން 1861 މީހަކުވަނީ ބަލީން ފަސޭހަވެއެވެ. ބަލީން ފަސޭހަވެގެން މިއަދު ވަނީ 20 މީހަކު ދޫކޮށްލައިފައެވެ.

މި ބަލީގައި އައްޑޫއިން މިހާތަނަށް ވަނީ 9 މީހަކު މަރުވެފައެވެ. ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އައްޑޫގައި މިހާރުތިބީ 245 މީހެކެވެ.