ދާދި ދެންމެ އަކު ކ. ގުރައިދޫގައި 2 އަހަރުގެ އަންހެންކުއްޖަކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.

މި ކަން ކ. ގުރައިދޫ ކައުންސިލުން ކަށަރު ކޮށްދެއްވިއެވެ. މި ކުއްޖާ މޫދަށްވެއްޓުނީ ކީއްވެގެން ކަމެއް އަދި ނޭންގެއެވެ. ނަމަވެސް މި ތުއްތު ކުއްޖާ ދިރިއުޅޭ ގެ ހުންނަނީ މޫދާއި ވަރަށް ކައިރީ ކަމުގައި ގުރައިދޫކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ތުއްތު ކުއްޖާ މޫދުން ނަގައިގެން ސިއްޙީމަރުކަޒަށް ގެންދިޔައިރުވެސް ވަނީ މަރުވެފައިކަމަށް ގުރައިދޫ ސިއްޙީމަރުކަޒާ ހަވާލާދީ ގުރައިދޫ ރައްޔިތަކު ބުންޏެވެ.

ގުރައިދޫން ވާކަހަ ދެއްކި އެރަށު ރައްޔިތަކު ބުނިގޮތުގައި ކުއްޖާގެ މަންމަ ދަރިފުޅަށް ކާންދިނުމަށްފަހު ތަށި ދޮވެލާފައި ބަލާލި އިރު ކުއްޖާ ފެންނާކަން ނެތެވެ. ދެން ހޯދަނިކޮށް ފެނުނީ މޫދުގައި މަރުވެފައި އޮއްވައެވެ.