އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 އަށް އައްޑޫސިޓީން އިތުރު 27 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) އިން ވިދާޅުވެއްޖެއެވެ.

މީގެ ތެރޭގައި ހިމެނެނީ 24 ދިވެއްސަކާއި 3 ބިދޭސީއެކެވެ. އެއީ ހިތަދޫން ޕޮޒިޓިވްވި 19 މީހަކާއި، މަރަދޫން ޕޮޒިޓިވްވި 3 މީހަކާއި ފޭދޫއިން ޕޮޒިޓިވްވި 5 މީހެކެވެ.

މިއަދަދާއެކު އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 2225 އަށް އަރައިފައެވެ. އޭގެތެރެއިން 1882 މީހަކު ވަނީ ބަލީން ފަސޭހަ ވެފައެވެ. 9 މީހަކުވަނީ ނިޔާވެފައެވެ.

އައްޑޫސިޓީގެ އެކްޓިވް ކޭސްގެ އަދަަދު މިހާރު ވަނީ 334 އަށް އަރައިފައެވެ. އެއީ ހިތަދޫގައި ތިބި 155 މީހަކާއި މަރަދޫގައި ތިބި 82 މީހަކާއި މަރަދޫފޭދޫގައި ތިބި 8 މީހަކާއި ފޭދޫގައި ތިބި 55 މީހަކާއި ހުޅުދޫގައި ތިބި 7 މީހަކާއި މީދޫގައި ތިބި 26 މީހަކާއި ގަމުގައިހުރި މީހެކެވެ.

އައްޑޫގައި މިހާރުވެސް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 235 މީހަކު އެބަތިއްބެވެ.