އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން އައި ފިލިޕީންސްގެ އަންހެން ނަރުސް މޭރީ ގްރޭސްގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފި އެވެ.

ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފައިވާއިރު، އާއިލާއާ ހަށިގަނޑު ހަވާލުކުރުމަށް މަސައްކަތް އަންނަނީ ކުރަމުންނެވެ.

ނަރުހުގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ހައްޔަރު ކޮށް ބަންދު މުއްދަތު ވަނީ ޖަހާފައެވެ.

ފިލިޕިންސްގެ ނަރުސް އެ ދުވަހު އައިޖީއެމްއެޗްގެ ޑިއުޓީ ނިންމުމަށްފަހު ގެޔަށް ދިޔައީ ގާތްގަނޑަކަށް 12:10 ގައެވެ. އަދި އޭނާ މަރުވެގެން ހޮސްޕިޓަލަށް ގެނައީ 12:47 ހާއިރުއެވެ.