ނޭޕާލާއި އިންޑިއާގެ ގުޅުން ރަނގަޅުވާން ފަށައިފިއެވެ. ނޭޕާލް ކޮމިއުނިސްޓް ޕާޓީއަށް ވެރިކަން ގެއްލުމަށްފަހު، މިހާރު ގުޅިފައިވާ އިއްތިހާދެއްގެ ތެރޭން ވެރިކަން ކުރަނީ ނޭޕާލީ ކޮންގްރެސްއެވެ.
ގްލާސްގޯގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީއާ ބައްދަލު ކުރެއްވުމަށްފަހު ނޭޕާލްގެ ބޮޑު ވަޒީރު ޝޭރު ބަހާދު ޑޫބާ ވަނީ ނޭޕާލަށް ފުރަމާނަ ދަތުރުފުޅެއްގައި ވަޑައިގަތުމަށް މޮދީއަށް ދައުވަތު އަރުވާފައެވެ.
ދަ ޑިޕްލޮމޭޓުން ބުނާ ގޮތުން އިންޑިއާއި ނޭޕާލްގެ ގުޅުން އޮންނަ ގޮތުން ނޭޕާލްގެ ބޮޑު ވަޒީރުގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު އަބަދުވެސް އޮންނާނީ ނިއުދިއްލީއަށެވެ. ނަމަވެސް ޑޫބާގެ ދަތުފުޅުގެ ތާރީޚެއް އަދި ކަނޑައެޅިފައެއް ނުވެއެވެ.
އިންޑިއާއިން ވަނީ ނޭޕާލަށް މުދާ އެތެރެކުރަން ފަސޭހަކޮށް ދިނުމަށްޓަކައި ނޭޕާލްގެ މުދާ އުފުލާ ރޭލް ސީދާ ކަލްކައްޓާ ބަނދަރަށް ދެވޭގޮތަށް ހަމަޖައްސައިދީފައެވެ.
ޑޫބާއާއި މޮދީގެ މަޝްވަރަތާތަކުގައި ޑޫބާ ވަނީ ނޭޕާލީ ކޮންގްރެސްއިން ބާއްވާ އާންމު ޖަލްސާގައި އައު ދައުރަކަށް ޑޫބާއަށް ޕާޓީގެ ރައީސްކަން ހޯދައި ދިނުމަށް އިންޑިއާއިން މަސައްކަތް ކޮށް ދިނުމަށެވެ. އަދި ބީޖޭޕީން ޕާޓީގެ ކަންކަން އިންތިޒާމު ކުރާ ގޮތުގެ ތަމްރީންތައްވެސް ނޭޕާލީ ކޮންގްރެސްއަށް ދިނުމަށްވެސް ޑޫބާ ވަނީ އެދިވަޑައިގެންފައެވެ.