ރ. ކިނޮޅަސް އަދި ބ. ހިތާދޫ ބަނދަރުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުުމުގައި އެމްޓިސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއޯ ޝާހިދު ހުސައިނެވެ. އަދި މިިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކެރެޓަރީ ޒީނަތު ހަބީބެވެ.

ހިތާދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 17.7 މިލިއަަން ރުފިޔާއަށެެވެ. އެ ބަނދަރުގެ މަސައްކަތް 540 ދުވަހުގެ ތެރޭ ނިންމަން ޖެހޭއިރު މި މަސައްކަތުގެ ދަށުން 14،929.60 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރުފުން ކުރުމުގެ މަސައްކަތް ކުރާނެއެވެ.

ކިނޮޅަސް ބަނދަރުގެ މަސައްކަތަކީ 45.1 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެެވެ.

މި މަޝްރޫގެ ދަށުން ވެސް ބަނދަރު ފުންކުރުމާއި، ބަނދަރަށް ބައެއް އިތުރުކޮށް އެ ސަރަހައްދު ފުން ކުރުމާއި، އެއްގަމު ތޮށިލުމުގެ އިތުރުން ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.