އެމްޑީޕީގެ ކޮންމެ މެނިފެސްޓޯއެއްގައި ހިމަނާފައިވާ އަދި އެޖެންޑާ19 ގައި ހިމެނިފައިވާ އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އެ ވައުދު ފުއްދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ މިއަދު ސަރުކާރުން އެންމެ ކުޑަ އުޖޫރަ ކަނޑައަޅައި އެކަން އިއުލާނު ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
އެގޮތުން އެ ޓްވީޓުގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ މަސައްކަތްތެރިންނަށް ކަންކަން ކަށަވަރު ކޮށްދިނުމަކީ އަބަދު ވެސް އެމްޑީޕީގެ އަމާޒު ކަމަށާއި އެކަމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް މިނިމަމް ވޭޖު ގޮތުގައި ކަނޑައަޅާފައި ވަނީ މަހަކު 4،500 ރުފިޔާ ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރޭގައި ނުހިމެނޭ ބޮޑެތި ވިޔަފާރިތަކަށް މަހަކަށް 8،000 ރުފިޔާގެ މިނިމަމް ވޭޖެއް ވަނީ ކަނޑައަޅާފައިވާ ކަމަށެވެ.
ޕްރައިވެޓް ސެކްޓަރުގައި މެދު ފަންތީގެ ވިޔަފާރިތަކަށް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅެނީ ގަޑިއިރަކަށް 7000 ރުފިޔާ އެވެ.