ހުޅުމާލޭއިން ރޭ ރަހީނު ކުރި 13 އަހަރުގެ އަންހެން ކުއްޖާ ހޯދައިފިއެވެ.

ފުލުހުން ބުނީ، ކުއްޖަކު ރަހީނު ކުރި ކަމުގެ ރިޕޯޓް ރޭ ދަންވަރު 12:50 ހާއިރުލިބިފައިވާ ކަމަށެވެ. އަދި ރަހީނު ކުރި ކުއްޖާ ހެނދުނު 6:17 ގައި ފެނިފައިވާ ކަމަށް ފުލުުހުން ބުނެއެވެ.

މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ މިމައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.